އާދިއްތަ, November 1
ރަސްގެފާނު ޗާލްސް ރާއްޖެ ވަޑައިގަތުމަށް ދައުވަތު އަރުވައިފި

އިނގެރޭސިވިލާތުގެ ރަސްގެފާނު އަދި ކޮމަންވެލްތްގެ ވެރިޔާ ޗާލްސް ރާއްޖެ ވަޑައިގެންނެވުމަށް ނައިބު ރައީސް އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފު ދައުވަތު އަރުވައިފިއެވެ.

މި ދައުވަތު އެރުވީ ޗޮގަމް 2024 ގެ ތެރެއިން ބޭއްވުނު އެސްއެމްއައި އިވެންޓާއި ރަސްގެފާނު ހޯސްޓް ކުރެއްވި ރޭގަނޑުގެ ފަރިއްކޮޅުގެ ތެރެއިންނެވެ.

ނައިބު ރައީސް ވަނީ ރޭ "އެކްސް" ގައި ޗާލްސް އާއެކު ނަންގަވާފައިވާ ފޮޓޯއެއް ޕޯސްޓު ކުރައްވާފައެވެ. ވިދާޅުވީ ޗޮގަމް 2024 ގެ ތެރެއިން ބޭއްވުނު އެސްއެމްއައި އިވެންޓާއި ރަސްގެފާނު ހޯސްޓް ކުރެއްވި ރޭގަނޑުގެ ފަރިއްކޮޅުން އެމަނިކުފާނާ ބައްދަލުވުމަކީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށެވެ. އަދި ރަސްގެފާނު ޗާލްސްއަށް ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އަރުވާފައިވާ ކަމަށެވެ.

ސަމޯއާގެ ވެރިރަށް އަޕިއާގައި އޮކްޓޯބަރު 21 އިން 26 އަށް ކުރިއަށް ދިޔަ ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ތަފާތު ގިނަ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގެންފައެވެ. އޭގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ބައްދަލުވުމާއި ވިޔަފާރީގެ ދާއިރާއާ ގުޅޭ ބައްދަލުވުންތައް ހިމެނެއެވެ.

ކޮންމެ ދެ އަހަރަކުން އެއްފަހަރު ބާއްވާ މި ބައްދަލުވުމަކީ ކޮމަންވެލްތު މެމްބަރު ގައުމުތަކުގެ އިސްވެރިން އެއްތަނަކަށް އެއްވެ، އިގްތިސާދީ އަދި ތިމާވެށީގެ މައްސަލަތަކާ މެދު މަޝްވަރާކުރާ މުހިންމު ބައްދަލުވުމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު