އާދިއްތަ, November 1
މާލޭގެ ފަޅުތެރެއިން ކަނޑު ހަރުފައެއް ފެނިއްޖެ

މާލޭގެ ފަޅުތެރެއިން ކަނޑު ހަރުފައެއް ފެނިއްޖެއެވެ.

ފޭސްބުކްގަ ކުރި ޕޯސްޓެއްގައި މި ހަރުފަ ފެނުނު މީހުން ބުނީ މީތި ފެނިފައިވަނީ މާލެ ދެކުނު ފަރާތު ފަޅު ތެރެއިންކަމަށެވެ. އަދި މީ ވިހަ ގަދަ ހަރުފައެއް ކަމަށާއި މީތި ހިފާ ކަނޑަށް ދޫކޮށްލާފައިވާކަމަށެވެ.

ޔެލޯ ބެލިޑް ސީ ސްނެކް (ހައިޑްރޯފިސް ޕްލެޓޫރަސް) ނަމަކަށް ކިޔާ މި ހަރުފައަކީ ކަނޑުގެ ހޫނު ގަނޑުގެ ސަރަހައްދުން، ހާއްސަކޮށް އިންޑިއާ އަދި ޕެސިފިކް ކަނޑުތަކުގައި ހުންނަ ވަރަށް ވިހަ ގަދަ ކަނޑުގެ ހަރުފައެއްކަމަށްވެއެވެ.

ކަޅު ކުލައިގެ ބުރަކަށި ހުންނަ ރީނދޫ ކުލައިގެ ބަނޑެއް ހުންނަ މި ހަރުފަ ގިނަ ހަރުފަތަކާ ހިލާފަށް މުޅިން ވެސް ދިރިއުޅެނީ ކަނޑުމަތީގައެވެ.

މި ހަރުފައަކީ ވިހަ ގަދަ ހަރުފައެއް ނަމަވެސް އާއްމުކޮށް އިންސާނުންނަށް ހަމަލާދޭ އެއްޗެއް ނޫންކަމަށްވެއެވެ. އަދި މީތި އިންސާނުންނަށް ގޯނާކުރާނީ އެއަށް ގޯނާ ކުރާ ހާލަތްތަކުގައި އެކަނިކަމަށްވެސް ވެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު