އާދިއްތަ, November 1
ޓިކްޓޮކް ތަރި ސަމާއަށް މަރުގެ އިންޒާރުދީފި

ޓިކްޓޮކް ލައިވެއްގައި ޓިކްޓޮކް ތަރި މަރިޔަމް ސަމާ އަށް މަރުގެ އިންޒާރެއްދީފިއެވެ.

މަރިޔަމް ސަމާއަށް ޓިކްޓޮކްގައި އިންޒާރުދީފައިވަނީ ޓިކްޓޮކްގައި އުޅޭ "އަސްލޭ" ނަމަކަށް ކިޔާ އައްޑޫއަށް ނިސްބަތްވާ އަންހެނެކެވެ.

އޭނާ ބުނެފައިވަނީ، "މާލޭގެ ފަސްގަނޑުގައި ފައިޖެހިއްޖެއްޔާ ކަލޭގެ ކަރު ބުރިކޮށްލާނެ" ކަމަށާއި "ހަމަ ސީދާ ކަރު ބުރިކޮށްލާނެ" ކަމަށެވެ. ހަޑިހުތުރު ބަހުން ވާހަކަ ދައްކައި ސަމާއަށް އިންޒާރުދޭ އަޑުއިވޭ އެ ލައިވްގެ ވީޑިއޯކޮޅެއް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެނގިފައިވާގޮތުގައި އެ މައްސަލަ ޖެހުނީ، އަސްލޭގެ ލައިވެއްގައި މީހަކު ވަގު އައިޑީއަކުން ކުރި ކޮމެންޓަކާ ގުޅިގެންނެވެ. އެ ކޮމެންޓުގައި އަސްލޭގެ ދަރިފުޅާ ބެހޭގޮތުން ދެއްކި ވާހަކައަކާ ގުޅިގެން އޭނާ ސަމާއަށް ރައްދުދިނީއެވެ. އޭނާ ތުހުމަތު ކުރާ ގޮތުގައި އެ ކޮމެންޓު ކުރީ ސަމާއާ ގުޅުން އޮތް ބައެކެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު