އާދިއްތަ, November 1
ސްޓެލްކޯ އިން ކަނބަލުންނަށް ޚާއްސަ ކޮށްގެން ހިލޭ އިލެކްޓްރިޝަން ކޯހެއް ފަށަނީ

ސްޓޭޓް އިލެކްޓްރިކަލް ކޮމްޕެނީ (ސްޓެލްކޯ) އިން ކަނބަލުންނަށް ޚާއްސަ ކޮށްގެން މުޅިން ހިލޭ ބައިވެރިވެވޭ އިލެކްޓްރިޝަން ކޯހެއް ފަށަން ނިންމައިފިއެވެ.

މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި އެ ކުންފުނިން ބުނެފައިވަނީ މިއީ އިލެކްޓްރިކަލް ދާއިރާއަށް އަންހެނުން ޝައުގުވެރިކުރުވައި، އެ ދާއިރާގައި ފިރިހެނުންނާއި އެއް ހަމައެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ފަށާ ކޯހެއް ކަމުގައެވެ.

އެގޮތުން މިކޯހުގައި ދަސޮކޮށްދޭ ކަންތައްތައް ތެރޭގައި، ރައްކާތެރި ގޮތުގައި ކަރަންޓު ބޭނުން ކުރާނެގޮތާއި، ކަރަންޓަށް ކުރާ ޚަރަދުތައް ކުޑަ ކުރުމާއި، ކަރަންޓު ވަޔަރު ކުރުމުގެ އަސާސީ މައުލޫމާތު ހިމެނެއެވެ.

މި ކޯސް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 4 ދުވަހުގެ މުއްދަތަށް މާލޭގައެވެ. 16 އަހަރު ފުރިފައިވާ ކޮންމެ އަންހެން ކަނބަލަކަށް ކޯހުގައި ބައިވެރި ވެވޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު