އާދިއްތަ, November 1
މިނިސްޓަރ ޝިޔާމްގެ ތައުރީފްގެ ބަސްތައް ރައީސްއަށް

ގައުމުގެ މާލީ ހާލަތާއި އެހެނިހެން ކަންތައް ރަނގަޅު ކުރުމަށް ޓަކައި ރައީސް މުޢިއްޒު ކުރަށްވަމުންދާ ބުރަ މަސައްކަތްޕުޅަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް ވަރަށް ބޮޑަށް ތައުރީފް ކުރަށްވައިފިއެވެ.

ފިޝަރީޒް މިނިސްޓަރ ވިދާޅުވީ ދިވެހި މުޖުތަމަޢުތެރޭގައި މޫލާފައިހުރި ޖީލުތަކަށް ދެމިގެންދާ ވަރަށް ނުބައި ގިނަ އާދަތަކެއް ހުރިކަންމިއީ އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރާ ހަޤީގަތެއް ކަމަށާއި އެހެންނަމަވެސް ނެތީ ތެދުވެރި ނިޔަތަކާއެކު އެކަންކަމަށް ކުރިމަތިލައްވައިގެން ހައްލުކުރައްވާނެ ވެރިން ކަމުގައެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެ ކުރައްވަމުން ގެންދަވަނީ އަންނަން އޮތް ޖީލުތަކަށް މި ގައުމު ސަލާމަތްކޮށްދެއްވުމުގެ މުހިއްމު ބުރަ މަސައްކަތްޕުޅު ކަމެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ އަންނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި 2 އަހަރު ދުވަހުގެ މުއްދަތަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވައި ރައީސް ޑރ. މުޢިިއްޒު އިއްޔެ އެކަން ހާމަކުރެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު