Saturday, October 31
މަންމައަށް އަނިޔާކޮށް، ފޭރުނު މައްސަލައިގައި ހައްޔަރުކުރި ފިރިހެން މީހާ 10 ދުވަހަށް ބަންދުކޮށްފި

މަންމައަށް އަނިޔާކޮށް، ފޭރުނު މައްސަލައިގައި ހައްޔަރުކުރި ފިރިހެން މީހާ 10 ދުވަހަށް ބަންދުކުރަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.

މަންމައަށް އަނިޔާކޮށް، ފޭރުނު މައްސަލައިގައި އިއްޔެ ހައްޔަރުކޮށްފައިވަނީ ހ.އެހަޑަ، މުޙައްމަދު އިސްމާޢީލް (28އ) އެވެ.

ހުޅުމާލެ ފޭސް 2 ގެ އެޗް 13 ގެ ފްލެޓަކުން އަންހެނަކު ރޯ އަޑު އިވޭތީ ބަޔަކު އެކަން ފުލުހުންނަށް ރިޕޯޓްކުރީ އިއްޔެ އިރުއޮއްސި 18:17 ހާއިރުއެވެ.

ފުލުހުން ބުނީ އެ ރިޕޯޓާ ގުޅިގެން އެޓެންޑްވެ، އެ ފުލެޓުގެ ދޮރުގައި ޓަކި ޖެހުމުން ދޮރު ހުޅުވީ މުޙައްމަދު އިސްމާޢީލްގެ މަންމަ ކަމަށެވެ. އަދި މުޙައްމަދު އިސްމާޢިލް މަންމައަށް އަނިޔާކޮށް، ވަޅިން ހަމަލާދީ، މަރާލާނެ ކަމަށް ބުނެ އިންޒާރު ދިނުމަށްފަހު، ފޯނު ފޭރިގަނެގެން ގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލާގައި މުޙައްމަދު އިސްމާޢީލްގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް އޭނާ ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު