އާދިއްތަ, November 1
ދުއްވާފައި ދިޔަ ލޮރީއަކުން ކުލަ ޓައްޕުތަކެއް ބަންޑުންވެއްޖެ

ދުއްވާފައި ދިޔަ ލޮރީއަކުން ސިނަމާލެ ބްރިޖް ކައިރިއަށް ކުލަ ޓައްޕުތަކެއް ބަންޑުންވެއްޖެއެވެ.

މަންޒަރު ދުށް މީހަކު ބުނިގޮތުގައި ލޮރީގެ ފަހަތުގައި ބަރިބަރިއަށް ކުލަ ޓައްޕުތައް ބަހައްޓައިގެން އައި ލޮރީ މާލެއަށް އަރައި ސެނަހިޔާ ހޮސްޕިޓަލާވީ ކޮޅަށް އަނބުރާލި ވަގުތު ހައިވޭ މައްޗަށް ވަރަށް ގިނަ ޓައްޕުތައް ވެއްޓުނެވެ. އޭގެތެރެއިން ބައެއް ޓައްޕުތައް ފަޅައިގެން ގޮސް މުޅި މަގުމައްޗައް އޮތީ ކުލަތަށް ފައިބާފައިކަމަށް އޭނާ ބުންޏެވެ.

ކުލަ ޓައްޕުތައް ނަގައި މަގު ސާފު ކުރުމުގެ މަސަތްކަަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

މި ހާދިސާއާ ބެހޭ ގޮތުން ފުލުހުން އަދި އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު