Saturday, October 31
މަންމައަށް މަރުގެ އިންޒާރު ދީ، އަނިޔާކޮށް، ފޭރުނު މީހަކު ހައްޔަރުކޮށްފި

މަންމައަށް މަރުގެ އިންޒާރު ދީ، ފޭރުނު މައްސަލައެއްގައި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި މިއަދު ހައްޔަރުކޮށްފައިވަނީ ހ.އެހަޑަ، މުޙައްމަދު އިސްމާޢީލް (28އ) އެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް 2 ގެ އެޗް 13 ގެ ފްލެޓަކުން އަންހެނަކު ރޯ އަޑު އިވޭ ކަމަށް ބުނެ އިއްޔެ 18:17 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ރިޕޯޓާ ގުޅިގެން ފުލުހުން ގޮސް އެ ފުލެޓުގެ ދޮރުގައި ޓަކި ޖެހުމުން ދޮރު ހުޅުވީ އޭނާގެ މަންމަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އަންހެން މީހާގެ ދަރިފުޅު އޭނާއަށް އަނިޔާކޮށް، ވަޅިން ހަމަލާދީ، މަރާލާނެ ކަމަށް ބުނެ އިންޒާރު ދިން ކަމަށާއި، އެއަށްފަހު ފޯނު ފޭރިގެން ފިރިހެން މީހާ ގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ އަންހެން މީހާއަށް ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށްފަހު ރޭގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު