Saturday, October 31
ހުޅުމާލޭ "ރަށު މާރުކޭޓު" ގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް ހިފަހައްޓައިފި

ހުޅުމާލެ ފޭސް 01 ގައި ހުންނަ "ރަށު މާރުކޭޓު" ގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، މަސައްކަތް ކުރަމުންދިޔަ 23 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ހުޅުމާލެ ފޭސް 01 ގައި ހުންނަ "ރަށު މާރުކޭޓު" ގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، މަސައްކަތް ކުރަމުންދާ މީހުން ބެލުމަށް އިއްޔެ ޚާއްސަ ރެއިޑު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

އެގޮތުން މި މާރުކޭޓުގެ 15 ގޮޅިއެއްގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް މަސައްކަތްކުރަމުންދިޔަ 23 ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، މީގެތެރޭގައި 15 ފިރިހެނުންނާއި 08 އަންހެނުން ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ މި ރެއިޑުގައި އިމިގްރޭޝަންގެ 30 އޮފިސަރުންނާއި، ފުލުހުންގެ 24 އޮފިސަރުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އަދި ކަމާ ގުޅުންހުރި އިދާރާތައް ކަމަށްވާ ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި، މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން ވެސް ވަނީ މި ރެއިޑުގައި ބައިވެރިވެފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު