Saturday, October 31
ޑރ. ޝަހީމަށް މަރުގެ އިންޒާރުދިން މައްސަލައެއް ބަލަން ފަށައިފި

މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ، ވަޒީރު ޝަހީމަށް މަރުގެ އިންޒާރު ދިން މައްސަލަ ސިޓީއަކުން އިއްޔެ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާކަމަށެވެ. އެހެންކަމުން މިބާވަތުގެ މައްސަލަތައް ބަލާ އުސޫލުން މި މައްސަލަވެސް ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

މިނިސްޓަރު ޝަހީމަށް މަރުގެ އިންޒާރު ދިން ސަބަބެއް އަދި މިހާތަނަށް ސާފެއްނުވެއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަަމަށެވެ.

އެ މައްސަލައިގެ އިތުރު މައުލޫމާތު ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު