Saturday, October 31
ސަމާހުގެ މަރު: ކާރު ދުއްވި މީހާއަށް ދައުވާކުރުމަށް އެދި ޕީޖީއަށް ފޮނުވައިފި

ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑްގައިި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރަކުން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ޒުވާނަކު ނިޔާވި މައްސަލާގައި އެ ކާރު ދުއްވި މީހާއަށް ދައުވާކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލާގައި ހައްޔަރުކުރި ސ.ހިތަދޫ، ވައިލެޓްފެހި، މުޙައްމަދު ވިސާމް ސިދުޤީ (26 އ) ގެ މައްޗަށް ދައުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.

ވިސާމް މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑްގައިި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރަކުން ސައިކަލެއްގައި ޖެހި އެކްސިޑެންޓް ހިނގީ މިދިޔަ އޮގަސްޓު 6 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައެވެ.

މި އެކްސިޑެންޓްގައި ނިޔާވީ ކަރެކްޝަނަލް ސަރވިސްގެ އޮފިސަރެއް ކަމަށްވާ ޕްރިޒަން ލާންސްކޯޕްރަލް ޙަސަން ސަމާހުއެވެ.

ލ.އިސްދުއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ސަމާހު ނިޔާވީ ލިބުނު އަނިޔާތަކާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު