އާދިއްތަ, November 1
ރިސޯޓެއްގައި ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ

ވ. އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއަކު މިއަދު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ ގެނބިގެން މަރުވެފައިވަނީ ބެލަރޫސްގެ 64 އަހަރުގެ އަންހެނެއް ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު 11:29 ހާއިރުއެވެ. ފެލިދޫ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާ މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު