Saturday, October 31
ކޯން ފްލޭކްސް ޕެކެޓުގައި ޑޮލަރު ފޮރުވި މީހާއަށް ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ޑާކާއަށް ފުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް ހުއްޓައި ގިނަ އަދަދެއްގެ ޑޮލަރު ތަކަކާއެކު ހައްޔަރު ކުރި ޝަހްމިން އިސްލާމް ޝަގުރް އަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ޝަހްމިން ހައްޔަރުކުރީ މިދިޔަ އޮގަސްޓު 25 ވަނަ ދުވަހު ކޯންފްލޭކްސް ޕެކެޓެއްގައި ފޮރުވައިގެން ރާއްޖެއިން ބޭރަށް ގެންދަން އުޅުނު 81،030 ޑޮލަރު (1,243,810.50 ރުފިޔާ) ކަސްޓަމްސްއިން ހިފަހައްޓާ އެމައްސަލާގައެވެ. މި މައްސަލާގައި އޭނާގެ މައްޗަށް އުފުލީ ދިވެހިރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ މި މައްސަލައަކީ އިއުތިރާފުގެ އެއްބަސްވުމެއްގެ މައްޗަށް ބިނާކޮށް ހުށަހެޅި މައްސަލައެއް ކަމަށެވެ. ޝަހްމިން ވަނީ ދައުވާއަށް އިއުތިރާފުވެ، ވީހާވެސް އަވަހަށް ހުކުމްކޮށް، ރާއްޖެއިން ޑީޕޯޓުކޮށް ދިނުމަށް އެދިފައެވެ.

އިއުތިރާފު އެއްބަސްވުމުގައިވާ ގޮތަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 12,000 ރުފިޔާއިން ޝަހްމިން ޖޫރިމަނާކޮށް، އެ ފައިސާ 15 ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް އަމުރުކޮށްފައެވެ. އަދި ބޭރު ކުރަން އުޅުނު 81،030 ޑޮލަރު (1,243,810.50 ރުފިޔާ) ވަނީ ދައުލަތަށް ނަގައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު