އާދިއްތަ, November 1
ފްލެޓާއި ގޯތި ހަވާލު ކުރުމަށް ގޮވާލައި މުޒާހަރާ ކުރަނީ
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ދޭން ނިންމި ފްލެޓާއި ގޯތި މި ސަރުކާރުން ނުދީ ހިފަހައްޓައިގެން އުޅޭތީ، ވީހާވެސް އަވަހަށް ފްލެޓާއި ގޯތި ހަވާލު ކުރުމަށް ގޮވާލައި މުޒާހަރާ ކުރަން މިއަދު ފަށައިފިއެވެ. މުޒާހަރާގެ ބައިވެރިން ބުނީ، މަޖިލިސް ސަރަހައްދުގައި އެ ކަންބޮޑުވުންތައް ހިއްސާކުރަމުން ދަނީ މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންގެ އަޑު އިއްވުމަށްޓަކައި ކަމަށެވެ. މި މުޒާހަރާގައި މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މަޖިލިސް ކުރިމަތީގައި މުޒާހަރާ ކުރަމުންދާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭން ދޫކުރަން ނިންމި ގޯތިތަކުގެ ތެރެއިން  29 އޮގަސްޓު 2024 ވީ ބުރާސްފަތި ދުވަހު 13 ގޯތި އަދި ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު 10 ގޯތި ވަނީ އެ ގޯތިތަކުގެ ވެރިފަރާތްތަކާއި ހަވާލުކޮށްފައެވެ.

މުޒާހަރާގެ ބައިވެރިން އަންނަނީ މާލޭގެ އެކި މަގުތަކުގައި އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ހިނގަމުންނެވެ.

މީގެކުރިން ވެސް ފްލެޓާއި ގޯތި ހަވާލު ކުރުމަށް ސަރުކާރަށް ގޮވާލައި ގިނަ މުޒާހަރާތަކެއް ވަނީ ބާއްވާފަ އެވެ. ނަމަވެސް, މިއީ މަގުތަކަށް ނުކުމެ މިގޮތަށް މުޒާހަރާ ކުރާ ފުރަތަމަ ފަހަރެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު