އާދިއްތަ, November 1
ނަޑެއްލާގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް އަނިޔާވެއްޖެ
ގދ. ނަޑެއްލާ ޖެޓީ މަގުގައި ރޭ ދަންވަރުގެ ވަގުތެއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހުންނަށް އަނިޔާވެ، އޭގެ ތެރެއިން ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ނަޑެއްލާ ޖެޓީ މަގުން ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، މަޑުކޮށްފައި އޮތް ރަށު ޕިކަޕެއް ކައިރީގައި ހުރި މީހެއްގެ ގައިގައި ޖެހިފައިވާ ކަމަށް ރޭ ދަންވަރު 12:05 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި 18 އަހަރުގެ ދެ މީހުންނާއި، ޕިކަޕް ކައިރީގައި ހުރި 47 އަހަރު މީހަކަށް އަނިޔާވެގެން ތިނަދޫ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާދީފައެވެ.

ފުލުހުން ބުނީ، ސައިކަލް ދުއްވި މީހާއާއި ޕިކަޕް ކައިރީގައި ހުރި މީހާ މިއަދު މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.

މި ތިން މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ. އޭގެތެރެއިން އެކެއްގެ ބޮލަށާއި، މެއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް '"ސަބަބު"' އަށް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް އެ އެންމެނަށް ލިބުނު އަނިޔާގެ ތަފުސީލު އަދި ސާފުވާ ގޮތެއް ނުވެއެވެ.

ފުލުހުންގެ ބުނި ގޮތުގައި ސައިކަލް ދުއްވާފައިވަނީ ލައިސަންސް ނެތް މީހެކެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު