އާދިއްތަ, November 1
މާލެއަށް ދިމާވެފައިވާ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެއްވީ ރައީސް: ނަރީޝް

މާލެއަށް ދިމާވެފައިވާ ބުޅަލުގެ މައްސަލައިގެ ވާހަކައަކީ ސަރުކާރުތަކުން ދައްކަމުން އައި ވާހަކަތަކެއް، ނަމަވެސް ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން އަމަލީ މައްސަކަތް ފެށުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭ ސިޓީ މޭޔަރަކަށް ހުންނަވައި ފެށްޓެވި މަސައްކަތުން ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވިދާޅުވީ
ކައުންސިލުގައި ރައީސް މުޢިއްޒު ހުންނެވިއިރު، ބުޅަލުގެ މައްސަލައެއް ހައްލެއް ހޯއްދަވަން ކުރައްވަމުން ގެންދެވި މަސައްކަތް ހުއްޓުނީ ކުރީ ސަރުކާރުން އެކަމަށް ދެންޖެހޭ ބިން ނުދީ ހިފެހެއްޓުމުން ކަމަށެވެ.

ނަރީޝް ވިދާޅުވީ ރައީސް ޑރ.މުޢިއްޒު ރައީސްކަމަށް އިންތިޚާބުވެވަޑައިގަތުމާއެކު ފުރަތަމަ އަހަރުތެރޭގައި އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާރ މިނިސްޓްރީއާ އެ މަސައްކަތް ހަވާލުކޮށްގެން މާލޭ ސިޓީ ކައުންސިލުގެ އެހީތެރިކަމާއެކު، ސަރުކާރުން ހުޅުމާލެއިން ފަހިކޮށްދިން ބިމުގައި މިހާރު ކެޓް ޝެލްޓަރ އެއް ބިނާކޮށް ނިމި، އަންނަ މަހު ކުރީކޮޅު އެ ތަން ހުޅުވަން ތައްޔާރުވެފައިވާ ކަމަށެވެ.

މިއީ ސީދާ ރައީސްގެ އިރުޝާދުގެ ދަށުން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ކުރިޔަށް ގެންދިޔަ ސަރުކާރުގެ ޕްރެޖެކްޓެއް ކަމަށާއި، އަދި މިކަމުގައި ކެޓް ޝެލްޓަރ ބިނާކުރުމުގެ މަސައްކަތް ސަރުކާރުން އެދުނު ގޮތަށް ކޮށްދިނީ ސިޓީ ކައުންސިލުން ކަމަށް ނަރީޝް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު