Saturday, October 31
''އިމިގްރޭޝަން ވޮޗް" އަށް މިހާތަނަށް 840 މައްސަލަ

އިމިގްރޭޝަނާ ގުޅުންހުރި މައްސަލަ ރިޕޯޓްކުރުމަށް ޚާއްސަ ޕޯޓަލް، "އިމިގްރޭޝަން ވޮޗް" އަށް މިހާތަނަށް 840 މައްސަލަ ރިޕޯޓުކޮށްފިއެވެ.

'"އިމިގްރޭޝަން ވޮޗް"' އިފްތިތާހުކޮށްފައިވަނީ މިދިޔަ ޖުލައި މަހު 17 ވަނަ ދުވަހުއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އެ ދުވަހުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް "އިމިގްރޭޝަން ވޮޗް" އަށް ޖުމްލަ 840 މައްސަލަ ހުށަހަޅާފައިވާއިރު، އޭގެތެރެއިިން 596 މައްސަލައެއް ބަލާފައިވާ ކަމަށެވެ.

އެންމެ ގިނައިން ހުށަހެޅީ ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ މައްސަލަ ކަމަށާއި، އެފަދަ 221 މައްސަލަ ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ދެވަނައަށް އެންމެ ގިނައިން ހުށަހެޅީ ވިސާ ނެތް ބިދޭސީންގެ މައްސަލަތަކެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ހުށަހެޅީ ހަށިވިއްކުމުގެ މައްސަލަތަކެވެ.

'"އިމިގްރޭޝަން ވޮޗް"' މެދުވެރިކޮށް ކޮންމެ މީހަކަށް ވެސް މައްސަލަ ހުށަހެޅޭނެއެވެ. މި ޕްލެޓްފޯމް ބޭނުންކޮށްގެން އަމިއްލަ އައިޑެންޓިޓީ ހާމަނުކޮށް، "އެނޮނިމަސް" ކޮށްވެސް ރިޕޯޓް ކުރެވޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު