Saturday, October 31
ހުޅުމާލޭގެ ތިން ކެފޭއެއް ބަލައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

އިމިގްރޭޝަނުން ހުޅުމާލޭ ތިން ކެފޭއެއް ބަލައި ފާސްކޮށް، ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ ހުޅުމާލެ ފުރަތަމަ ފިޔަވަހީ ގައި ޓޭކްއަވޭ/ކެފޭ ހިންގަމުންދާ ތިން ތަނެއް ބަލައި ފާސްކޮށްފައި ކަމަށެވެ.

އަދި އެތަންތަނުގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިއަ ދެ ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މި ސަރުކާރުން އަންނަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހައްޔަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކުރަމުންދާ ބިދޭސީންގެ މަސައްކަތްތައް ހުއްޓުވައި ގަވައިދާ ޚިލާފަށް ކުރަމުންދާ ވިޔަފާރިތައް ދަނީ ބަންދުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު