އާދިއްތަ, November 1
އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުން އަވަސްކުރުމަށް ވެރިކަން ކުރާ މައި ޕާޓީން ގޮވާލައިފި

އިޒްރާއީލް ޕާސްޕޯޓް މަނާކުރުން އަވަސްކުރުމަށް ވެރިކަން ކުރާ އެންމެ ބޮޑު ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ގޮވާލައިފިއެވެ.

އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން މަޖިލިހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ހުށަހެޅި ބިލު ބަލައިގަނެ މަޖިލިހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ވަނީ ފޮނުވައިފައެވެ.

އެ ބިލު އަދިވެސް ކޮމިޓީގައި އޮތް އިރު، ބިލްގެ މަސައްކަތެއް ނުހިނގައެވެ.

މިކަމާ ގުޅޭގޮތުން ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ އަދި ލުބްނާނުގެ ރައްޔިތުންނާ ދެކޮޅަށް ކުރިމަތިކުރަމުންދާ ވޭންތައް އިތުރުކޮށްފައިވާ މި ދަނޑިވަޅުގައި ރާއްޖެއިން އަޅަން ރައީސް ޑރ.މުއިއްޒު ނިންމަވާފައިވާ އެ މުހިއްމު ފިޔަވަޅަށް އެޕާޓީން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.

އަދި މިހާރު މަޖިލީހުގައި އޮތް އިމިގްރޭޝަންގެ ގާނޫނު އިސްލާހުކުރުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް އަވަހަށް ނިންމައި، ރައްޔިތުންގެ ރޫޙާއި ވިންދާ އެއްގޮތަށް ރައީސް ޑރ. މުއިއްޒު ނިންމަވާފައިވާ ނިންމެވުން ހަގީގަތަކަށް ހެދުމުގެ މަސައްކަތް މަޖިލީހުން ހަލުވިކަމާއެކު ކުރުމަށް ޕީއެންސީން އިލްތިމާސް ކުރިއެވެ.

ޕީއެންސީއަކީ މިހާރު ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީއެވެ. އިމިގްރޭޝަން ޤާނޫނަށް މިހާރު ހުށަހަޅާފައި އޮތް އިސްލާހުގައި ވާގޮތުން އިޒްރޭލް ޕާސްޕޯޓް އޮންނަ އެހެން ޤައުމުތަކުގެ މީހުންނަށްވެސް ރާއްޖެ އައުމުގެ ފުރުސަތު ގެއްލިގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު