Saturday, October 31
ދިރާސީ އާ އަހަރު ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް މާދަމާ ހުޅުވާލަނީ

2025 ގައި ފެށޭ ދިރާސީ އާ އަހަރު ސަރުކާރު ސްކޫލުތަކުގައި ގްރޭޑް 1،އެލްކޭޖީ އަދި ޔޫކޭޖީއަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހެޅުމަށް މާދަމާއިން ފެށިގެން ހުޅުވައިލަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހަޅާނީ އޮންލައިން ފޯމް މެދުވެރިކޮށް ކަމަށާއި، މިިނިސްޓްރީގެ ވެބްސައިޓުން ފޯމު ލިބެން ހުންނާނެ ކަމަށެވެ. އަދި ދަރިވަރުން ސްކޫލަށް ވެއްދުމަށް އެދޭ ފޯމް ހުށަހަޅާނީ https://myoffice.moe.gov.mv/forms/id/2 އަށް ކަމަށެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެންބަރު 15 ވަނަ ދުވަސް ކަމަށާއި، ސުންގަޑި ހަމަވުމަށްފަހު އެއްވެސް އެޕްލިކޭޝަނެއް ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ވަނީ ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ސުންގަޑިއަށް ޚާއްސަ ސަމާލުކަމެއް ދީގެން، ވީހާވެސް އަވަހަށް އެޕްލިކޭޝަންތައް ހުށަހެޅުމަށް އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު