Saturday, October 31
ވޭޕް ފްލޭވާގެ ނަމުގައި އެތެރެކުރި ކެނަބިސް ޝިޕްމަންޓެއް އަތުލައިގެންފި

ވޭޕް ފްލޭވާގެ ނަމުގައި ރާއްޖެ އެތެރެ ކުރި މަސްތުވާތަކެތީގެ ޝިޕްމެންޓެއް މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ހޯމް މިނިސްޓަރު އަލީ އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދާދި ދެންމެއަކު "ވޭޕް އޮއިލް" ގެ ނަމުގައި ރާއްޖެއަށް އެތެރެކުރެވުނު މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކެނެބިސް އަޅާފައިވާ ޝިޕްމެންޓެއް ކަސްޓަމްސް އިން ހިފަހައްޓާފައިވާކަމަށެވެ.

"މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނެންގެވި ޑިޒިޝަން ނަންގަވަން ޖެހުނު އެންމެ ބޮޑު ސަބަބު،". އިހުސާން ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވަނީ ރާއްޖޭގައި ވޭޕް މަނާ ކުރަން ނިންމަވާފައެވެ.

އިއްޔެ އެކްސްގައި ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ, ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރުން 2024 އިން ފެށިގެން މަނާ ކުރަން ނިންމާފައިވާ ކަމަށެވެ.

އަދި ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މި ނިންމުން ރައީސް ނިންމެވި އިރު ދާދި ފަހުން ރާއްޖޭގައި ހަރަކާތްތެރިވާ ބައެއް ސިއްހީ ދާއިރާގެ ޖަމިއްޔާތަކުން ވަނީ ވޭޕް ކުރުން ރާއްޖޭގައި މަނާކުރުމަށް ގޮވައިލާ، ރައީސް ޑރ. މުއިއްޒުއަށް ސިޓީތަކަކާއި ޕެޓިޝަން ތަކެއް ހުށަހަޅާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު