Saturday, October 31
ވޭޕް މަނާކުރަން ނިންމެވި ނިންމެވުމަކީ ޒުވާން ޖީލުގެ މުސްތަގުބަލާ ގުޅިފައިވާ ހަރުދަނާ ނިންމެވުމެއް: ނައިބު ރައީސް

ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ ގައުމުގެ ޒުވާން ޖީލުގެ މުސްތަގުބަލުގެ ދުޅަހެޔޮކަމާއި ގުޅިފައިވާ ހަރުދަނާ މުހިންމު ނިންމެވުމެއް ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޢިއްޒު މިއަދު ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާ ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށާއި، ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން އަންނަ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ރައީސްގެ މި ނިންމެވުން ދިވެހި ރައްޔިތުން ބަލައިގަންނަނީ ޝުކުރުވެރި ކަމާއެކު ކަމަށެވެ. އަދި މިއީ ގައުމުގެ ޒުވާން ޖީލުގެ މުސްތަގުބަލުގެ ދުޅަހެޔޮކަމާއި ގުޅިފައިވާ ހަރުދަނާ މުހިންމު ނިންމެވުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ އިތުރުން ގިނަ ބޭފުޅުން ވަނީ ރައީސްގެ ނިންމެވުމަށް މަރުހަބާ ދަންނަވައި ޝުކުރު އަދާކުރައްވާފައެވެ.

ރައީސްގެ ނިންމެވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ވަނީ މަރުހަބާއާއި ތަހުނިޔާ ދަންނަވައިފައެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ ވޭޕުގެ ނުރައްކަލުން ދިވެހި ގައުމު ސަލާމަތް ކުރެއްވުމުގެ މަތިވެރި މަގުސަދުގައި ރައީސް މިއަދު ނިންމެވީ ވަރުގަދަ ނިންމެވުމެއް ކަމަށާއި، މި ނިންމެވުމަކީ މި ގައުމުގެ މާދަމާގެ މުސްތަގުބަލަށްޓަކައި ނިންމެވި ނުހަނު ބޭނުންތެރި ނިންމެވުމެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު