އާދިއްތަ, November 1
ދުއްވާފައި ދިޔަ ޕިކަޕެއްގައި ރޯވެއްޖެ

ބޮޑުތަކުރުފާނުމަގުން އިރަށް ދުއްވާފައި ދިޔަ ޕިކަޕެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން މިއަދު އެކްސްގައި ޝާއިއުކުރި ޚަބަރެއްގައި ބުނީ، ޕިކަޕުގައި އަލިފާން ރޯވިކަމުގެ ރިޕޯޓު މިއަދު ހެނދުނު 08:39 ހާއިރު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެގޮތުން، ފަޔަ ފައިޓަރުން ކުރި މަސައްކަތުން އެ ޕިކަޕުގެ ބެޓެރީގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު ހެނދުނު 08:42 ހާއިރުއެވެ.

ބެޓެރި ޝޯޓެއްވެގެން ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވިކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު