Monday, November 2
ހުޅުމާލޭ ފޭސް 2 އިން 18 ބިމެއް ބީލަމުގެ އުސޫލުން ވިއްކަނީ

ހުޅުމާލޭ ފޭސް 2 އިން ދިރިއުޅުމަށްޓަކައި، އިތުރު 18 ބިމެއް ބީލަމުގެ އުސޫލުން ވިއްކުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

އެޗްޑީސީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ބީލަމުގެ އުސޫލުން ވިއްކުމަށް ހަމަޖެހިފައިވަނީ ބީޗް ސައިޑުން 16 ބިމަކާއި، ބީޗް ފްރަންޓުން ދެ ބިމެއް ކަމަށެވެ.

އޭގެތެރޭގައި ހިމެނެނީ 1,316 އަކަފޫޓޫގެ 15 ބިމާއި، 1,584 އަކަފޫޓުގެ ބިމަކާއި، 1,454 އަކަފޫޓުގެ ބިމަކާއި، 1,261 އަކަފޫޓުގެ ބިމެއް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އަދި ބީޗް ސައިޑުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4,000 ރުފިޔާ ކަމަށާއި، ބީޗް ފްރަންޓްގެ ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4,500 ރުފިޔާ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.

އެޗްޑީސީއިން ބުނީ ބީލަމުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށެވެ. އެގޮތުން %100 ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ބީލަމުގައި ބައިވެރިވެވޭނެއެވެ

ބީލަމުގެ އުސޫލުން ބިން ގަތުމަށް އެދި ހުށަހަޅާނީ އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެޗްޑީސީއިން ވަނީ މިދިޔަ މެއި މަހުގައި ހުޅުމާލެ ބީޗު ސައިޑުން 13 ބިމެއް ވިއްކަން ވެސް ހުޅުވައިލައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު