Monday, November 2
3 ރަށެއްގެ އަންހެނުންގެ ކޮމިޓީގެ ބައި-އިލެކްޝަން އަންނަ ޑިސެމްބަރުގައި

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ 3 ކޮމިޓީއެއްގެ ބައި-އިލެކްޝަން އަންނަ ޑިސެމްބަރުގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

ހދ.ކުރިނބި، މ.ރަތްމަންދޫ އަދި ގއ.ދެއްވަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބޭއްވުމަށް ނިންމައި އީސީއިން މިއަދު ވަނީ އެކަން އިއުލާންކޮށްފައެވެ.

އީސީއިން ބުނީ މި ބައި-އިލެކްޝަންތަކުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، އަންނަ ޑިސެމްބަރު 14 ވާ ހޮނިހިރު ދުވަހުގެ 8:00 އިން 16:00 އަށް ކަމަށެވެ.

ވޯޓު ގުނަން ފެށުމަށް ހަމަޖެހިފައިވަނީ، ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައި ކަމަށާއި، މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުން ކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 16 ވާ ހޯމަ ދުވަހު ކަމަށް އީސީއިން ބުންޏެވެ.

އީސީއިން ބުނީ އިންތިޚާބު ކުރަންޖެހެނީ ހދ.ކުރިނބީ އަދި ގއ.ދެއްވަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް 3 މެންބަރުންނާއި، މ.ރަތްމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް 2 މެންބަރުން ކަމަށެވެ.

މި ބައި-އިލެކްޝަންތަކުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު މާދަމާ 10:00 އިން ފެށިގެން އޮކްޓޫބަރު 29 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލެވޭނެ ކަމަށް އީސީއިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު