Saturday, October 31
ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ އިތުރު 9 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ އިތުރު 9 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ އެ މީހުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހުޅުމާލޭގައި އިއްޔެ ކުރިއަށްގެންދިޔަ ރެއިޑެއްގައި ކަމަށެވެ.

މި އޮޕަރޭޝަނުގައި 10 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. އޭގެތެރޭގައި ސެލޫނެއް ވެސް ހިމެނެއެވެ.

އިމިގްރޭޝަނުން ބުނީ އެ ތަންތަން ބަލައި ފާސްކޮށް އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން އުޅެމުންދިޔައީ ރާއްޖޭގައި ހެދިފައިވާ ގާނުތަކާއި ގަވާއިދުތަކާއި ޚިލާފަށް ކަމަށެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 4054 ބިދޭސީން ވަނީ އަނބުރާ އެ މީހެއްގެ ގައުމަށް ފޮނުވާލާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު