Monday, November 2
ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ އިންސްޕެކްޝަން މާލޭ ސިޓީ ކައުންސިލާއެކު ކުރިއަށްގެންދަނީ

މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ އިންސްޕެކްޝަންތައް، މާލޭ ސިޓީ ކައުންސިލާއެކު ކުރިއަށްގެންދިއުމަށްޓަކައި ކައުންސިލްގެ މުވައްޒަފުންނަށް އަމާޒުކޮށް މިނިސްޓްރީ އޮފް ހެލްތުން ތަމްރީން ޕްރޮގްރާމެއް ބާއްވައިފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ މި ތަމްރީން ފްރޮގްރާމްގައި މާލޭ ސިޓީ ކައުންސިލްގެ 63 މުވައްޒަފުން ބައިވެރިވި ކަމަށެވެ.

މި ތަމްރީން ޕްރޮގްރާމްގައި ވަނީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުންނަނީ ކާބޯތަކެތީގެ ރައްކާތެރިކާތެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވާލާ މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުމާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރަމުން ގެންދަނީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ގަވާއިދުތަކާއި އެއްގޮތަށްތޯ ބެލުމަށް މުވައްޒަފުންނަށް ތަމްރީން ދީފައެވެ.

މިނިސްޓްރީން ބުނީ މި ޕްރޮގްރާމް ފުރިހަމަ ކުރާ މާލޭ ސިޓީގެ މުވައްޒަފުންނަކީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލައި ފާސްކުރުމަށް ސެޓިފެޓިފައި ވެފައިވާ މުވައްޒަފުންނަށް ވެގެންދާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު