އާދިއްތަ, November 1
ރައީސް، ނުފޫޒު ނުފޯރުއްވައި، ވައުދު ފުއްދަވާނެ، ފުލެޓާއި ގޯތި ހައްގުވެރިންނަށް ލިބޭނެ :ފަލާހު

އެމްޑީޕީ ވެރިކަމުގައި ހިންގި "ގެދޮރުވެރިޔާ" ހައުސިން ސްކީމުގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ 4،000 ފުލެޓާއި "ބިންވެރިޔާ" ސްކީމުގެ ދަށުން ދޫކުރާ ގޯތި ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނުފޫޒު ނުފޯރުއްވާނެ ކަމަށާއި، ފުލެޓާއި ގޯތި ހައްގުވެރިންނަށް ލިބޭނެ ކަމުގައި ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

''ރައީސް މުއިއްޒު ކުރެއްވެވި ވައުދުފުޅާ އެއްގޮތަށް، ރަނުން ރަނަށް ފުލެޓާއި ގޯތި ހައްގުވެރިންނަށް ހަވާލު ކުރައްވަވާނެ، ޕީއެންސީގެ އެއްވެސް މަޖިލީސް މެންބަރެއްވެސް ގޯހެއް ނުހައްދަވާނެ،" ޕީއެންސީގެ މެންބަރުން ކޮރަޕްޝަނުގެ އަމަލެއްގައި ބައިވެރިވެވަޑައިނުގަަންނަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރޭގެ ވަގުތެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހް ވިދާޅުވެފައިވެއެވެ.

ފަލާހު މިފަދައިން ވިދާޅުވީ އޭނާ ހިމެނިވަޑައިގަންނަވާހެން ޕީއެންސީ ޕާލިމަންޓަރީ ގުރޫޕުގެ ފަސް މެންބަރަކު ބޭނުންފުޅުވާ މީހުންގެ ލިސްޓެއް ހުށަހެޅުއްވުމުން އެ ލިސްޓަށް ފުލެޓު ހަމަޖައްސަވައިދެއްވަން ރައީސް މުއިއްޒު ނިންމަވާފައިވާކަމަށް ރަޖިސްޓްރީނުކޮށް ހިންގާ އޮންލައިން ނޫހަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ.

ހައުސިން ސްކީމުގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ 4،000 ފުލެޓާއި "ބިންވެރިޔާ" ސްކީމުގެ ދަށުން ދޫކުރާ ގޯތިތަށް ހައްގުވެރިންނަށް ހަވާލުކުރުމަށް ސަރުކާރުން ދަނީ ބާރު ސްޕީޑުގައި މަސައްކަތްކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު