Monday, November 2
މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޖެނީވާއަށް

އިންޓަރ-ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ 149 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ޖެނީވާއަށް ފުރާވަޑައިގެންފިއެވެ.

ރޭގެ ވަގުތެއްގައި ޢަބްދުއްރަޙީމް ޖެނީވާއަށް ފުރާވަޑައިގަތީ މަޖިލީހުގެ ބައެއް މެންބަރުންނާއެކުއެވެ.

އެމަނިކުފާނުގެ އަރިހުގައި މި ދަތުރުފުޅުގައި ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލާއި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދާއި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދާއި، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިޞަލާއި، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ބައިވެރިވެވަޑައިގަންނަވައެވެ.

މިއީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޢަބްދުއްރަޙީމް ރާއްޖެއިން ބޭރަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.

އައިޕީޔޫގެ 149 ވަނަ އެސެމްބްލީ ކުރިއަށްދާނީ މިއަދުން ފެށިިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ. އައިޕީޔޫގެ އެސެމްބްލީގައި 150 އަށްވުރެ ގިނަ ގައުމުތަކުގެ މަޖިލިސްތަކުން ބައިވެރިވެއެވެ.

އައިޕީޔޫގެ މިފަހަރުގެ މައުޟޫއުއަކީ ސުލްހަވެރި، ދެމެހެއްޓެނިވި މުސްތަގުބަލަކަށްޓަކައި ސައިންސް، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން (އެސްޓީއައި) ގެ ބޭނުން ހިފުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު