Monday, November 2
ކޫއްޑޫ އެއާޕޯޓުގެ ރަންވޭގެ މައްސަލަ ވަރަށް އަވަހަށް ހައްލުކުރެވޭނެ: އަމީން

ގއ.ކޫއްޑޫ އެއާޕޯޓުގެ ރަންވޭގެ މައްސަލަ ވަރަށް އަވަހަށް ހައްލުކޮށް، އާންމު ހާލަތަށް ގެނެވޭނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އަމީން ވިދާޅުވީ މޯލްޑިވިއަން އިން ކޫއްޑޫއަށް ދަތުރުތައް ހުއްޓާލަން ނިންމީ ދިގުމުއްދަތެއްގައި އެއާޕޯޓް މެއިންޓެއިން ނުކުރެވި އަދި ރަންވޭގެ ހާލަތުގެ ސަބަބުން، މޯލްޑިވިއަންގެ ދެ ބޯޓަކަށް ގެއްލުންވުމުގެ ސަބަބުން ކަމަށެވެ.

އަމީން ވިދާޅުވީ ވުޒާރާގެ އިސް ނެގުމާއެކު، ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި، އެއާޕޯޓް އޮޕަރޭޓަރ އަދި ގުޅުންހުރި ފަރާތްތަކާ ގުޅިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އެގޮތުން ވަރަށް އަވަހަށް މައްސަލަ ހައްލުކޮށް އެއާޕޯޓް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މޯލްޑިވިއަން އިން ބުނެފައިވަނީ ރަންވޭގެ މައްސަލަ ހައްލު ކުރާހާ އަވަހަށް އަލުން ދަތުރުތައް ފަށާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު