Monday, November 2
ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، އިސްލާމީ ޔުނިވަރސިޓީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި ފަތުވާ މަޖިލީހުގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ފަތުމާ މަޖިލީހުގެ ރައީސް ޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމްއެވެ. އަދި އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމެވެ.

މިއީ ދިވެހި މުޖުތަމައުއަށް ދީނީ ގޮތުން އެނގުން އެންމެ މުހިންމުކަމަށް ފެންނަ ނުވަތަ އެންމެ ބޮޑަށް މުޖުތަމައުގައި އޮޅުން އަރާކަމަށް ފެންނަ ކަންކަމާއި، ދާއިރާތަކަކީ ކޮބައިކަން ދެނެގަތުގެ ބޭނުމުގައި އިލްމީ ދިރާސާކުރުމާއި އިދާރާތައް ގުޅިގެން ދީނީ އެކިއެކި ދާއިރާތަކުން ދީނީ، ޒަމާނީ، އިލްމީ މަސައްކަތްތަކެއް ކުރުމަށްޓަކައި އެކުލަވާލެވުނު ފަހުމުނާމާއެކެވެ.

މި ފަހުމުނާމާގެ ދަށުން އެހީތެރިކަމާއި އެއްބާރުލުން ދެވޭނެ އާންމު ދާއިރާތަކުގެ ތެރޭގައި ކަނޑައެޅޭ ދާއިރާތަކަކުން އިލްމީ ދިރާސާތައް ކުރުމާ އެކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމާއި ދިރާސާތައް ކުރުމުގެ ބޭނުމަށްޓަކައި، އިލްމުވެރިންގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ދީނީ ވަހުދަތު ހިމާޔަތް ކުރުމަށާއި، ދީނުގެ މެދުމިންވުމުގެ ސިޔާސަތު ދެމެހެއްޓުމުގައި އެއްބާރުލުން ދިނުން ހިމެނެއެވެ.

މީގެއިތުރުން ރާއްޖޭގެ މުޖުތަމައުގައި ދިނީ ހޭލުންތެރިކަން އުފެއްދުމަށްޓަކައި އިލްމީ މަސައްކަތްތައް ކުރުމުގައި އެހީތެރިވުމާއި، އިލްމީ ފޮތްތައް އެކުލަވައިލުމާއި ތަރުޖަމާ ކުރުމުގައި އެހީތެރިވުމާއި، ރާއްޖޭގެ ދީނީ އިލްމުވެރިންގެ މެދުގައި ދެނެގަތުމާއި ގާތްވުން ދެމެހެއްޓުމުގެ ބޭނުމުގައި ސެމިނާތައް އިންތިޒާމު ކުރުމުގައި އެހީތެރިވުމާއި، މުޖުތަމައުގައި ދީނީ އަދި ގައުމީ ލޯބި އުފެއްދުމުގެ މަގުސަދު ހާސިލު ކުރުމުގައި އެއްބާރުލުން ދިނުން ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު