Monday, November 2
29 ރަށެއްގައި މިސްކިތު ޤުރުއާން ކުލާސް ފަށައިފި

ރާއްޖޭގެ 29 ރަށެއްގައި މިސްކިތު ޤުރުއާން ކުލާސްތައް ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައިވާ ކީރިތި ޤުރުއާން ހިލޭ އުނގެނުމުގެ ފުރުސަތު ހޯދައިދިނުމުގެ މަސައްކަތުގެ ދަށުން، ރާއްޖޭގެ 29 ރަށެއްގައި މިސްކިތު ޤުރުއާން ކުލާސް ފަށާފައިވާ ކަމަށެވެ.

މި ޕްރޮގުރާމް މިހާރު ފަށާފައިވަނީ ރާއްޖޭގެ 14 އަތޮޅެއްގެ އިތުރުން މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ކުލާސްތައް ކުރިއަށް ދަނީ އަޞްރު ނަމާދާއި މަޣްރިބް ނަމާދު ފަހުންނެވެ. މި ކުލާސްތަކުގައި ކިޔަވައިދެއްވަނީ މިސްކިތްތަކުގެ އިމާމުންނެވެ.

މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ވިދާޅުވެފައިވަނީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އިތުރު ރަށްރަށުގައި ވެސް މި ކުލާސްތައް ކުރިއަށް ގެންދިއުމަކީ ވުޒާރާގެ ވިސްނުމެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު