Saturday, October 31
މަރަދޫ ގެއަކަށް ވައްކަން ކުރަން ވަން މީހަކު، އެ ގޭގައި ދިރިއުޅޭ ދުވަސްވީ މީހަކަށް އަނިޔާކޮޮށްފި

އައްޑޫ ސިޓީ މަރަދޫ ގެއަކަށް ވައްކަން ކުރަން ވަން މީހަކު، އެ ގޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހަކަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މުޙައްމަދު ޝާމިލް ކިޔާ މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސ.މަރަދޫ ގުލްބަހާރުގޭގެ ދޮރެއް ހަލާކުކޮށްލައިގެން މީހަކު ވަގަށް ވަދެ އުޅެނިކޮށް، އޭނާގެ ދޮށީ އުމުރުގެ ބައްޕަ އެތަނަށް ވަނުމުން ބައްޕަ ކޮއްޕާ ވައްޓާލުމުގެ ސަބަބުން ބައްޕައަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބިފައިވާ ކަމަށެވެ.

މިފަދަ ހާދިސާތައް އިތުރުވަމުން ދިއުމާއެކު، ތިން ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ މި ކުޑަކުޑަ މުޖުތަމައު މިވަނީ ކުށްކުރާ މީހުންގެ ނުރައްކަލާ ކުރިމަތިލާންޖެހި، ބިރުވެރިކަމުގެ ތެރެއަށް ވެއްޓިފައިކަން ވެސް އޭނާ ފާހަގަކުރިއެވެ.

ވީމާ، ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން، އައްޑޫގައި އަދި ޚާއްސަކޮށް މަރަދޫގައި އަމަން އަމާންކަން ގާއިމުކޮށްދެއްވުމަށް، މަރަދޫގެ ކައުންސިލަރު އަލްފާޟިލް އަޙްމަދު ނާދިރު އަދި އައްޑޫ ސިޓީގެ މޭޔަރު އަލްފާޟިލް ޢަލީ ނިޒާރަށް އިޙްތިރާމާއެކު އާދޭސް ދަންނަވަމެވެ. އޭނާގެ ޕޯސްޓުގައިވެއެވެ.

މި މައްސަލާގައި ފުލުހުން މިއަދު ބުނީ މި މަހުގެ 10 ވަނަ ދުވަހުގެރޭ މަރަދޫ ގެއަކަށް ވައްކަން ކުރަން ވަން މީހަކު އެ ގޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހަކަށް އަނިޔާކުރި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި، ނަމަވެސް މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު