Monday, November 2
މާލޭގައި އެޅުމަށް ހަމަޖެހިފައިވާ ވަޤުފް އިމާރާތުގެ ކުރެހުން ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

މާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ވަޤުފް އިމާރާތުގެ ކުރެހުން ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިއުލާންކޮށްފިއެވެ.

މިނިސްޓްރީން މިއަދު ބުނީ މާލޭގައި އެޅުމަށް ހަމަޖެހިފައިވާ ދާރުލް އަރުޤަމް ވަޤުފް އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ މާލޭގެ 64 ނަންބަރު ކޮށީގައި ކަމަށެވެ.

މިނިސްޓްރީން ބުނީ މި އިމާރާތުގެ ކޮންސެޕްޓް ޑިޒައިން، ޑްރޯވިންގްސް، ބީއޯކިޔުއާއި، ޓެކްނިކަލް ސްޕެސިފިކޭޝަން، މެޓީރިއަލް ސްޕެސިފިކޭޝަން އަދި ޓެންޑާ ޑޮކިއުމެންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށްވާއިރު، ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީކުރަން ޖެހޭނެއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ހުޅުމާލޭގައި ދާރުއްސަލާމްގެ ނަމުގައި ވެސް ވަޤުފް އިމާރާތެއް ބިނާކުރުމަށް ނިންމާފައެވެ.

މި އިމާރާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ވެސް ވަނީ އިއުލާނުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު