އާދިއްތަ, November 1
ވަޔާއި ކަނޑު ގަދަވެ ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވެ،މާލެ ސަރަހައްދު ހިމެނޭހެން މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

އެ އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ރ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށެވެ.މި ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 11:00 އިން މެންދުރުފަހު 15:00 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ،މިސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށާއި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތަކުގެ ރާޅުތަކުގައި ފަސް ފޫޓާއި އަށް ފޫޓުގެ އުސްމިން ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ދެކުނުގެ ކަނޑުތަކުގައި ރާޅުގެ އުސްމިނުގައި ހަތަރު ފޫޓާއި ހަތް ފޫޓު ހުންނާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.

އެ އިދާރާއިން ވަނީ ކުރިއަށް އޮތް 24 ގަޑީރު ރާޢްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާ އެކު ގުގުރާނެ ކަމަށާއި ބައެއް ހިސާބުތަކަށް ގަދަވަޔާ އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ބުނެފައެވެ.

މެޓް އޮފީހުން ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ސަމާލުވުމަށާއި އަދި ކަނޑުދަތުރުކުރާ ފަރާތްތަކުން، މޫސުން ތަންނުދޭނަމަ ނުފުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު