އާދިއްތަ, November 1
ފޮޓޯ: މިނިސްޓްރީ އޮފް ޖުހާ

ބ. ކަމަދޫން ގިނަ ބައެއްގެ މަގުބޫލަކަން ހޯދި ޒާރާ އާއި ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަދި ދ. މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ކައިވެނި ބައްލަވައިގެންފިއެވެ.

ކައިވެނީގެ ހަފްލާ މިއަދު ހަވީރު އޮތީ މާލެ އަތޮޅުގައި ސިޔާމު ހިންގަވަމުން ގެންދަވާ އޮޅުވެލި ރިސޯޓުގައެވެ.

އުމުރުން 55 އަހަރުގެ ސިޔާމާއި 23 އަހަރުގެ ޒާރާގެ ކައިވެންޔަށް ޒާރާގެ ކައިވެނީގެ އުފަލުގައި ކަމަދޫގައި ޚާއްސަ ޕާޓީއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ސިޔާމް، ރިސޯޓުގައި ގެންގުޅުއްވާ ތިން އަސް ވެސް އިއްޔެ ވަނީ ކަމަދޫއަށް ގެންގޮސްފައެވެ. ސިޔާމް އާއި ޒާރާގެ ކައިވެނި ބައްލަވައިގެންނެވިއިރު، ސިޔާމްގެ އެހީގައި ކަމަދޫގެ ހުރިހާ ރައްޔިތުންނަށް އުސޫލެއްގެ ތެރެއިން ހިލޭ ބޭސްފަރުވާ ކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސަވާފައެވެ.

ކައިވެނީގެމ ހަފްލާގައި ސިޔާމުގެ ގާތް ބޭފުޅުންނާއި ޒާރާގެ އާއިލާގެ ގިނަ ބަޔަކު ބައިވެރިވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު