Saturday, October 31
ރާއްޖެ އެތެރެކުރަން އުޅުނު 3.48 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު 3.48 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މިއަދު ހާމަކުރި ގޮތުގައި މި ތަކެތީގެތެރެއިން 2440 ގްރާމް އަތުލައިގަތީ މި މަހުގެ 5 ވަނަ ދުވަހުއެވެ. ވައިގެ މަގުން އެތެރެކުރަން އުޅުނު މި ތަކެތި ތަހުލީލު ކުރިއިރު ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވްވެފައެވެ.

ބްރެޒިލްގެ 33 އަހަރުގެ އަންހެނަކު ގެނައި ލަގެޖުން ފެނުނު މި ތަކެތީގެ މަގުމަތީ އަގު 6,100,000 ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މީގެއިތުރުން 1040 ގްރާމުގެ ހެރޮއިން އަތުލައިގަތީ މި މަހުގެ 7 ވަނަ ދުވަހު ޕޯސްޓު މެދުވެރިކޮށް ގެނައި ޕޭކޭޖެއް ބަލައި ފާސްކުރި ކުރުމުގައެވެ.

މި ތަކެތީގެ މަގުމަތީ އަގު 1,040,000 ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

މި ޕެކޭޖް ބަލައި ދިޔަ 40 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންނާ ހަވާލުކޮށްފައިވާއިރު، ބްރެޒިލްގެ އަންހެން މީހާއާއި މި ދެ މައްްސަލާގައި އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު