Monday, November 2
ވަގަށް ނެގި ސާމާނުތަކަކާއެކު 2 މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސާމާނުތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިއަދު 6:54 ހާއިރު ފަރީދީމަގާއި، ޗާންދަނީ މަގު ގުޅޭ ހިސާބުން ދުއްވާފައިދިޔަ ޕިކަޕެއްގައި ތިބި ބަޔަކާމެދު ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

ޕިކަޕު ބަލައި ފާސްކުރިއިރު، ވަގަށް ނަގާފައިވާކަމަށް ބެލެވޭ 12 ޕިކަޕު ބެޓެރި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ސ.މަރަދޫފޭދޫ، މާކަރީ ލައިޓް، ޢަލީ އަޙްސަން (32 އ) އަދި ސ.ފޭދޫ، އަނަސް، މުޙައްމަދު ނީޒާދު (43 އ) ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު