Monday, November 2
ކާރެއް ހުއްޓުވައި ބަލައި ފާސްކޮށް، ބަނގުރާ ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ކާރެއް ހުއްޓުވައި ބަލައި ފާސްކޮށް، ބަނގުރާ ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރޭ ޕެޓްރޯލް ކުރަމުންދިޔައިރު ލިބުނު މައުލޫމާތަކާ ގުޅިގެން، ކާރެއް ހުއްޓުވައި ބަލައި ފާސްކޮށް، މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސްރީލަންކާ ރައްޔިތެއްކަމުގައިވާ ތަރިންދު މަހޭސްހަކަ (25އ) ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ ދުއްވި ކާރު އަމީން އެވެނިއު ކައިރިން ހުއްޓުވައި ބަލައި ފާސްކުރިއިރު، 28 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން، އޭނާ ދުއްވި ކާރުވަނީ ޓޯވކޮށްފައިވާ ކަމަށާއި، މި މައްސަލަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު