Monday, November 2
ނަފުސާނީ ސިއްހަތުގެ ދުވަސް: "ޝޭޑްސް އޮފް މައިންޑް" އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު

ދުނިޔޭގެ ނަފުސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އާޓް އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން ހުޅުވާލައިފިއެވެ.

ދުނިޔޭގެ ނަފުސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ބާއްވާ
އާޓް އެގްޒިބިޝަން ރަސްމީކޮށް އިއުލާންކުރީ މިއަދު އެ މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

"ޝޭޑްސް އޮފް މައިންޑް" ގެ ނަމުން ނަންދީފައިވާ މި އެގްޒިބިޝަންގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 25 ވަނަ ދުވަހެވެ.

މި އެގްޒިބިޝަންގައި އުމުރުން 16 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންނަށް ބައިވެރިވެވޭނެއެވެ.

ޔޫތު މިނިސްޓްރީން ބުނީ މި އެގްޒިބިޝަން ކުރިއަށްދާނީ ނޮވެމްބަރު މަހުގެ 12 އިން 17 އަށް ނެޝަނަލް އާޓް ގެލެރީގައި ކަމަށެވެ. އަދި މި އެގްޒިބިޝަންގެ ތާރީޚުތަކުގައި އާޓް ގެލެރީއަށް ހިލޭ ވަދެވޭނެ ކަމަށެވެ.

މިފަދަ އާޓް އެގްޒިބިޝަނެއް ހުޅުވާލުމުގެ މައިގަނޑު މަގުސަދަކީ، ފަންނުވެރިކަމުގެ ތެރެއިން ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަން ގެނެސްދިނުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޔޫތު މިނިސްޓްރީން ބުނީ މި އެގްޒިބިޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީގެ ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުން މިހާރު އެ މައުލޫމާތު ލިބޭނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު