Monday, November 2
އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ރައީސް ރާއްޖެއަށް ވަޑައިގެންފި

އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ރައީސް ޑރ. މުޢިއްޒު އެ ގައުމަށް ވަޑައިގަތީ މި މަހުގެ 6 ވަނަ ދުވަހުއެވެ.

މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު ވަނީ އިންޑިއާގެ ރައީސް ދުރުޕަދީ މުރުމޫއާއި، ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި، އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހިކުރަން މަޝްވަރާ ކުރައްވާފައެވެ.

މި ދަތުރުފުޅުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު 5 އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި ރައީސް ވަނީ ނިއުދިއްލީއާއި، ބެންގަލޫރުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ބައްދަލުކުރައްވާފައެވެ. އަދި އެ ފަރާތްތަކާއެކު ވަގުތު ހޭދަކުރައްވައި، އެ ފަރާތްތަކުގެ ބޭނުންތަކާއި އިހުސާސްތައް އަޑުއެއްސެވިއެވެ.

ރައީސްގެ މި ދަތުރުފުޅަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަގމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު