ރާއްޖެއިން އެހެން ގައުމުތަކާއެކު ގުޅުންތައް ބާއްވަމުންދަނީ ދިވެހިންގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިގުލާލު ހިމާޔަތްވާކަން ކަށަވަރުކުރެވޭ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ ދިވެހި ގައުމާއި، ރައްޔިތުން އިސްކުރުމުގެ ސިޔާސަތު ކަމަށެވެ.
އެ ސިޔާސަތާ އެއްގޮތަށް އަދި ގައުމަށް ފަހިވާ ގޮތަށް އެހީތެރިކަންދޭ ހުރިހާ ގައުމަކާއެކު ގާތްގުޅުން ބާއްވާނެ ކަމަށާއި، އެ ގާތްގުޅުން ބާއްވާއިރު ދިވެހިންގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިގުލާލު ހިމާޔަތްކުރެވޭކަން އަބަދުވެސް ކަށަވަރު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ދިވެހިރާއްޖެއަށް އެހީތެރިކަން ބޭނުންވި ކޮންމެ ވަގުތެއްގައި އެންމެ ފުރަތަމަ އެކަމަށް އިސްކަންދިން އެއް ގައުމަކީ އިންޑިއާ ކަމަށާއި، އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ވަރަށް ގާތް، ޒަމާންވީ އަދި އެތައް ގަރުނެއްގެތެރޭގައި އުފެދިފައިވާ ގުޅުމެއް ކަމަށެވެ. އެގޮތުން އަންނަ އަހަރަކީ އިންޑިއާއާއެކު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 ވަނަ އަހަރު ކަމަށާއި، މި ވޭތުވެދިޔަ 60 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އެކި ކަންކަމުގައި އިންޑިއާއިން އެހީތެރިވެފައިވާކަމީ އެންމެންނަށް އެނގޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި، މި ދަތުރުފުޅުގެ ކާމިޔާބީ މިނެކިރުއްވީ ކަނޑައެޅުއްވި މަގުސަދު ހާސިލުވެފައިވާތީ ކަމަށެވެ. އެގޮތުން ދިވެހި ރައްޔިތުންނަށް ކަންކަން ފަހިވެގެންދާ ގޮތަށް، ދިވެހިރައްޔިތުންގެ ހައްގުގައި، ރައްޔިތުންނަށް މުހިންމު ކަންތައްތަކަކަށް މަސައްކަތްތަކެއް ފެށި، މަގު ހުޅުވިގެންދިއުމަކީ މުހިންމު ކާމިޔާބެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން