އާދިއްތަ, November 1
މޫސުން ގޯސްވެ ހއ. އިން މ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވެ ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން، ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

ރީނދޫ ސަމާލު ނެރެފައި ވަނީ ހއ.އަތޮޅުން ފެށިގެން މ.އަތޮޅާ ހަމައަށެވެ. އެ ސަމާލުގައި ބުނެފައި ވަނީ ގަޑިއަކު 24 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނިގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަަމަށެވެ. މެޓް އޮފީހުން މި ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިރޭގެ 21:30 އިން ފެށިގެން 01:30 އަށެވެ.

މެޓުން މީގެ ކުރިން ވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ. އެ ސަމާލު ނެރެފައި ވަނީ މިރޭ 12:00 އާއި ހަމައަށެވެ. މެޓް އޮފީހުން ވަނީ ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

އެގޮތުން މެދުރާއްޖެތެރެ އާއި އުތުރުގެ ކަނޑުތަކުގެ ރާޅުތަކުގެ އުސްމިނުގައި އަށް ފޫޓު ހުންނާނެ ކަމަށާއި ދެކުނުގެ ކަނޑުތަކުގައި ރާޅުގެ އުސްމިނުގައި ހަތް ފޫޓު ހުންނާނެ ކަމަށް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މި ހަފުތާގެ ނިޔަލަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިއްސާރަ ކުރާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެއެވެ.

އެހެންކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކާއި ސިނަމާލެ ބްރިޖުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ވަރަށް ބޮޑަށް ސަމާލުވާން މެޓުން އިލްތިމާސްކުރިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު