Saturday, October 31
ލިއޮނަލް މެސީ އޭނާގެ ފުރަތަމަ ސެންޓު ބްރޭންޑް ދުނިޔެއަށް ތައާރަފް ކޮއްފި

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ އޭނާގެ ފުރަތަމަ ސެންޓު ބްރޭންޑް ދުނިޔެއަށް ތައާރަފް ކޮއްފިއެވެ.މި ސެންޓުގެ އަގަކީ 105 ޔޫއެސްޑީ ޑޮލަރެވެ.

ސޯޝަލް މީޑިއާގެ ޕޯސްޓެއް ގައި މިސެންޓުގެ ވީޑިއޯގެ ތަައާރަފެއް ދެމުން މެސީބުނީ ދުނިޔޭގެ މަޝްހޫރު ސެންޓު ވިއްކާ ހުރިހާ ކުންފުނި ތަކަކުން މިސެންޓު ލިބެން ހުންނާނެކަމެވެ.އަދި އެކަމާ އޭނަަ ވަރަށް އުފާވާކަމާ އެންމެންނަށް ވެސް މިސެންޓު ކަމުދާނެ ކަމަށް ހީކުރާކަމެވެ.

މިިސެންޓުގެ ވަސްތަކުގެ ތެރޭގައި ތާޒާ ކާރޑަމަން އާއި ވެނީލާ ވަސް ހިމެނެއެވެ.

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު