ކަމަދޫއަށް ނިސްބަތް އާމިނަތު ޒާރާއާއި ސަން ޝިޔާމް ރިސޯޓުގެ ވެރިޔާ އަދި މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ރަންކިޔުުމަށް މިއަދު ބޭއްވުނު ހަފްލާގައި ޒާރާ ވަނީ ޝިޔާމްއަށް ވަރަށް އަސަރުގަދަ ލަވައެއް ހުށަހަޅާދީފައެވެ.
އެ ލަވައަކީ ޒާރާ ޝިޔާމް އާއި މެދު ދެކޭ ގޮތުގެ މައްޗަށް ހަދާފައިވާ ލަވައެކެވެ. މި ލަވާއިގެ ރާގަކީ ކަރަން ޖޯހަރުގެ ފިލްމު “ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ” ގެ ލަވައެއް ކަމަށްވާ “ކުޑްމާއީ” ގެ ރާގަށް ހަދާފައިވާ ލަވައެކެވެ. މިއީ މިހާރު އިންޑިއާގެ ކައިވެނިތަކުގައި ވެސް ވަރަށް މަގުބޫލު ލަވައެކެވެ.
ޒާރާގެ ކައިވެނި މާދަމާ އޮންނަ އިރު އެ ކައިވެނީގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެ އަތޮޅުގައި އޮންނަ ސިޔާމްގެ އޮޅުވެލި ރިސޯޓުގައެވެ.
މީގެއިތުރުން މި ކައިވެންޏާއި ދިމާކޮށް މިއަދު ކަމަދޫއަށް ވަނީ ތިން އަސް ވެސް ގެންގޮސްފައެވެ. ކަމަދޫއަށް މިއަދު ގެންދިޔައީ ހުދު ދެ އަހާއި މުށި ކުލައިގެ އަހެކެވެ.ޝިޔާމަކީ އަހަށް ވަރަށް ލޯބި ކުރައްވާ ބޭފުޅެކެވެ. އޭނާގެ ރިސޯޓުގައި ވެސް އަސް ގެންގުޅެއެވެ.
ޒާރާގެ ކައިވެނި ހަފްލާ އަށް ކަމަދޫގެ ހުރިހާ ރައްޔިތުންނަށް ވަނީ ދައުވަތު ދީފައެވެ.މި ކައިވެންޔާއެކު ކަމަދޫ ރަައްޔިތުން ތިބީ އުފަލުން ފޮޅިފައެވެ.
މި ލިޔުން ކިޔާލުމުން