Monday, November 2
"ހިންނަވަރު އަތުޖެހި" ވިއްކަމުންދަނީ އުސޫލާ ޚިލާފަށް: އެމްއެފްޑީއޭ

"ހިންނަވަރު އަތުޖެހި" ގެ ނަމުގައި ވިއްކަމުންދާ "ބްރައިޓް ވިއު" ބްރޭންޑަކީ އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ ދަފުތަރުގައި ރަޖިސްޓްނުވާ ފަރާތަކަށްވާތީ، އެ ތަކެތި ގަތުމުގައި ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ( އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ "ހިންނަވަރު އަތުޖެހި" ގެ ނަމުގައި ވިއްކަމުންދާ ޕްރޮޑަކްޓަކީ އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ އުސޫލުގެ ދަށުން އެ އޮތޯރިޓީގައި ދަފްތަރުކޮށްފައިވާ ފަރާތެއް ނޫން ކަމަށެވެ.

މި އުފެއްދުމުގައި ބޭނުންކޮށްފައިވާ ނަންބަރަކީ ވެސް އެ އުސޫލުގެ ދަށުން ދޫކޮށްފައިވާ ނަންބަރެއް ނޫން ކަމަށް އެމްއެޑީއޭއިން ބުންޏެވެ.

އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ އުސޫލުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ މީހުންގެ މައުލޫމާތު، "ދިރިތި" ޕޯޓަލްއާއި، ވެބްސައިޓާއި، މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުގައި އަދާހަމަކޮށް ޝާއިއު ކުރަމުންދާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

މި އުސޫލާ ޚިލާފަށް އެއްވެސް ފަރާތަކުން އަމަލުކުރާކަން ފާހަގަވެއްޖެނަމަ، އެކަން އެ އޮތޯރިޓީގެ ނަންބަރު 3014361 / 7603204 ފޯނަށް ގުޅައި ހިއްސާ ކުރުމަށް ެއެމްއެފްޑީއޭއިން ވަނީ އެދިފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު