Monday, November 2
މި އަހަރުގެ މިހާތަނަށް އޮޅުވާލައިގެން ރާއްޖެއަށް ވައިގެ މަގުން އެތެރެވާން އުޅުނު 45 މީހަކު ހުއްޓުވައިފި

މި އަހަރުގެ މިހާތަނަށް އޮޅުވާލައިގެން ރާއްޖެއަށް ވައިގެ މަގުން ވަންނަން އުޅުނު 45 މީހަކު ހުއްޓުވާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އިމިގްރޭޝަނުން މިއަދު އާންމުކުރި މި އަހަރުގެ ފުރަތަމަ ތިން ކުއާޓަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޮޅުވާލައިގެން ވައިގެމަގުން ރާއްޖެއަށް އެތެރެވާން އުޅުނު ޖުމްލަ 45 މީހުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަނީ ހުއްޓުވާފައެވެ.

އެގޮތުން ފުރަތަމަ ކުއާޓަރުގައި 8 މީހުން ހިފެހެއްޓިއިރު، ދެވަނަ ކުއާޓަރުގައި 17 މީހުން އަދި ތިންވަނަ ކުއާޓަރުގައި 20 މީހުން ހިފެހެއްޓިއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން މި އަހަރުގެ ފުރަތަމަ ދުވަހާ ހަމައަށް 5 މީހުން ހިފަހައްޓާފައިވެއެވެ.

17 ނޮވެމްބަރ 2023 އިން މިދިޔަ ސެޕްޓެމްބަރުގެ ނިޔަލަށް ފާހަގަކުރެވުނު މައްސަލަތަކުގެ ތެރޭގައި ފޭކު ރެސިޑެންޓް ކާޑުގެ 1 މައްސަލައާއި، ފޭކު ޕާސްޕޯޓުގެ 31 މައްސަލައާއި، ފޯޖުކޮށްފައިވާ ޕާސްޕޯޓުގެ 1 މައްސަލައާއި، ވުޖޫދުގައި ނެތް ގައުމެއްގެ ޕާސްޕޯޓުގެ 1 މައްސަލައާއި، ފޭކު އައިޑީގެ 2 މައްސަލަ ހިމެނެއެވެ.

މީގެއިތުރުން ޝަޚުސު އޮޅުވާލުމުގެ 5 މައްސަލައާއި، ފޭކު ސްޓޭމްޕްގެ 4 މައްސަލައާއި،ފޭކު ވިސާގެ 2 މައްސަލައާއި، ޕާސްޕޯޓުގައި ފޭކު ބައޯ ޕޭޖު ބޭނުންކުރުމުގެ 3 މައްސަލަ ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު