Monday, November 2
ދިއްދޫ ޖޫނިއަރ ކޮލެޖުގެ %90 މަސައްކަތް ނިމިއްޖެ

ހއ.ދިއްދޫގައި ތަރައްގީކުރަމުންދާ ޖޫނިއަރ ކޮލެޖު ބިނާކުރުމުގެ މަސައްކަތުގެ %90 ނިމިއްޖެއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓުން މިއަދު ބުނީ މަތީ ތައްލީމު ކުރިއެރުވުމަށް އަމާޒުކޮށް ބިނާކޮށް ތަރައްގީކުރާ މި ކޮލެޖުގެ މަސައްކަތް ނިމި، ކޮލެޖްގައި ކިޔަވައިދޭން ފަށާނެކަމަށް ލަފާކުރަނީ 2025 ވަނަ އަހަރު ކަމަށެވެ.

މިނިސްޓްރީން ބުނީ މި ކޮލެޖުގެ ކޮންކްރީޓް ހުރިހާ މަސައްކަތްތަކެއް ނިމި، ރޭނުމާއި ސިމެންތި ޖެހުމުގެ މަސައްކަތުގެ ބޮޑުބައެއް ވެސް މިހާރު ނިމިފައިވާ ކަމަށެވެ.

މީގެއިތުރުން މި އިންސްޓިޓިއުޓް ހިންގުމުގެ އިދާރީ މަސައްކަތްތަށް ކުރުމަށް ތައްޔާރުވުމުގެ އިތުރުން ކިޔަވައިދިނުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު