Monday, November 2
ތިނަދޫ ޑިޓޮކްސް ސެންޓަރުގެ ޚިދުމަތްތައް ހަރުދަނާކުރަން މަޝްވަރާކޮށްފި

ތިނަދޫ ޑިޓޮކްސް ސެންޓަރުގެ ޚިދުމަތްތައް ހަރުދަނާކުރަން މަޝްވަރާކޮށްފި

ގދ.ތިނަދޫ ޑިޓޮކްސް ސެންޓަރުން ދެމުންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ބޯޑުން މަޝްވަރާކޮށްފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ބުނީ އެންޑީއޭ ބޯޑުގެ 09 ވަނަ ބައްދަލުވުމުގައި ތިނަދޫ ޑިޓޮކްސް ސެންޓަރުން ދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުންނާއި، ޕްރޮގްރާމްތަކަށް ފެސިލިޓޭޓަރުންނަށް ލައިސަންސް ދޭނެ މިންގަނޑެއް ކަނޑައެޅުމަށް މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

މީގެއިތުރުން ޑްރަގް ކޯޓާއި، ސީއެސްސީއާއެކު ކުރަންޖެހޭ މުހިންމު ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޯޑުން ނިންމަވާފައިވާ ކަމަށެވެ.

ސަރުކާރުން އެންޑީއޭގެ މަސައްކަތަށް އަދި މަސްތުވާތަކެތީގެ ފަރުވާދޭ ނިޒާމްތައް ހަރުދަނާކުރުމަށްޓަކައި ކުރާ ހޭދަ އެތަކެއް ގުނައެއް އިތުރުކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ދާދިފަހުން ހޯމް މިނިސްޓްރީން ވަނީ ގދ.އަތޮޅުގައި ހިމެނޭ 8 ރަށު ކައުންސިލާއި ތިނަދޫ ސިޓީ ކައުންސިލާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. މި އެމްއޯޔޫތަކުގެ މަގުސަދަކީ ކުށް މަދުކުރުމަށް ކުރަންޖެހޭ މަސައްކަތް ދެނެގަތުމަށާއި، ރަށުގެ ސަލާމަތާއި ރައްކާތެރިކަމުގެ ހާލަތާއި ގުޅޭގޮތުން ދާޚިލީ ވުޒާރާއަށް ލަފާއަރުވައި، ރަށުގެ ކުށްމަދުކުރުމަށް އެ ރަށެއްގައި މާހައުލުގައި ހިމެނޭ ފަރާތްތަކާއިއެކު މަސައްކަތް ކުރުމަށް ކޮމެޓީތަކެއް އެކުލަވާލުމެވެ.

މި ކޮމެޓީތައް އެ މިނިސްޓްރީއާއެކު މަސައްކަތް ކުރަމުންދާއިރު ކޮމެޓީތަކުގެ މަސައްކަތް ވިލަސްރެސް ކުރާނީ ކައުންސިލްތަކުގެ ބެލުމުގެ ދަށުން ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކައުންސިލުތަކާއެކު ވެވުނު އެއްބަސްވުންތަކާއެކު، ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ އިދާރާއެއްގެ ޚިދުމަތްތައް ރަށްރަށުގައި ދިނުމަށް ކައުންސިލްތަކުގެ ގާބިލިއްޔަތުކަން ހުރި މިންވަރަކުން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު