Monday, November 2
ރާއްޖެއިން އިންޑިއާއާއެކު 5 އެއްބަސްވުމެއް ގާއިމުކޮށްފި

އިންޑިއާއިން ދިވެހިރާއްޖެއަަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ދިނުމާ ގުޅޭ އެއްބަސްވުން ހިމެނޭހެން ދެ ގައުމުގެ ދެމެދުގައި ޖުމްލަ 5 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރީ އިންޑިއާގެ ރައީސްގެ ދައުވަތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރެއިން އިންޑިއާއިން ރާއްޖެއަަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ދިނުމާ ގުޅޭ އެއްބަސްވުމަކީ އެންމެ މުހިންމު އެއްބަސްވުމެވެ.

މީގެއިތުރުން ބަދަލުކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ކޯޕަރޭޝަން ބިޓްވީން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ރާޝްތްރިޔާ ރަކްޝާ ޔުނިވަރސީޓީއާ ދެމެދު އެކުލަވައިލި އެއްބަސްވުމާއި، ކޮރަޕްޝަން މަދުކުރުމަށް ގުޅިގެން މަސައްކަތް ކުރުމުގެ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އޮފް އިންޑިއާ ފޯ ބައިލެޓްރަލް އާ ދެމެދު ގާއިމުކުރެވުނު އެއްބަސްވުން ހިމެނެއެވެ.

މީގެއިތުރުން ބަދަލުކުރެވުނު ދެ އެއްބަސްވުމަކީ ރާއްޖޭގެ 200 ޖުޑީޝަލް އޮފިސަރުން ތަމްރީނުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ނޭޝަނަލް ޖުޑީޝަލް އެކަޑަމީ އޮފް އިންޑިއާއާ ދެމެދު ގާއިމުކުރެވުނު އެއްބަސްވުމާއި، އެކްސްޓެންޝަން އޮފް މެމޮރަމްޑަން އޮފް އަންޑަސްޓޭންޑިންގ ބިޓްވީން މޯލްޑިވްސް އެންޑް މިނިސްޓްރީ އޮފް ޔޫތު އެފެއާޒް އެންޑް ސްޕޯޓްސް އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން ކޯޕަރޭޝަން އިން ސްޕޯޓްސް އެންޑް ޔޫތު އެފެއާޒް އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު